ކިންޝާސާ (ޖޫން 12): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޖަލަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދީ 11 މީހަކު މަރާލައި 900 ގައިދީން މިނިވަންކޮށްފި އެވެ.

އެ ހާދިސާ ހިނގި ނޯތު ކިވޫ ޕްރޮވިންސްގެ ގަވަރުނަރު ޖޫލިއެން ޕަލުކޫ ވިދާޅުވި ގޮތުގައި ޖަލަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން އަށް މީހުންނަނީ ޖަލުގެ ގާޑުންނެވެ. އަދި ޖަލުގައި މިހާރު ތިބީ 30 ގައިދީން ކަމަށް ޕަލުކޫ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހާދިސާ ހިނގި ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ ކަމަށާއި ހަވީރު 06:30ގެ ފަހުން ގެއިން ބޭރުގައި އުޅެވޭނީ ހަމައެކަނި ފުލުހުންނާއި ސިފައިންނަށް ކަމަށް ޕަލުކޫ ވިދާޅުވި އެވެ.

އިރުމަތީ ކޮންގޯގެ ރައީސް ޖޯސެފް ކަބީލާގެ ވެރިކަމުގެ ދައުރު މިދިޔަ އަހަރު ހަމަވި ނަމަވެސް އޭނާ ވެރިކަމުން ފައިބަން ދެކޮޅު ހެއްދެވުމާ ގުޅިގެން ކޮންގޯގައި ވަނީ ހަމަނުޖެހުންތައް އުފެދިފަ އެވެ. އެގޮތުން ވެރިރަށް ކިންޝާސާގައި ހުންނަ ހައި ސެކިއުރިޓީ މިދިޔަ މަހު ދިން ހަމަލާއެއްގައި 4،000 ގައިދީން ވަނީ ފިލާފަ އެވެ. (ބީބީސީ)