ފޭސްބުކް ޕޯސްޓެއް ޝެއާކޮށްގެން، ދެ ކިލޯގެ ބެކްއަޕް ލިކުއިޑް ޕެޓްރޯލިއަމް ގޭސް ސިލިންޑަރެއް ލިބޭ މުބާރާތެއް މޯލްޑިވް ގޭހުން މިއަދު ފަށައިފިއެވެ.

މޯލްޑިވް ގޭހުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ނުވަތަ ކައްކާ ގޭސް، އެކި ސައިޒުގެ ފުޅީގައި ވިއްކައެވެ.

މޯލްޑިވް ގޭހުން މިއަދު ފޭސްބުކްގައި ފެށި މުބާރާތުގެ ދަށުން ޖެހެނީ، އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައިވާ ޕޯސްޓެއް ޝެއާކުރާށެވެ.

ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިޔަށްދާ އިރު، ދެ ކިލޯގެ ބެކްއަޕް ގޭސް ސިލިންޑަރު ލިބޭ ފަރާތެއް މޯލްޑިވް ގޭހުން ގުރުއަތު މެދުވެރިކޮށް ނަގާނެއެވެ.

ކުއްލިއަކަށް ގޭސް ހުސްވާ ހުސްވުމަށް ހައްލެއް ގެނައުމުގެ ގޮތުން މޯލްޑިވް ގޭހުން ވިއްކާ ދެ ކިލޯގެ ބެކްއަޕް އެލްޕީޖީ ސިލިންޑަރު، 305 ރުފިޔާއަށް ރަޖިސްޓަރކޮށްގެން ލިބޭ އިރު، އެ ފުޅި ހުސްވުމުން އެންމެ 45 ރުފިޔާއަށް ރީފިލް ކުރެވެއެވެ.