ދެކުނު އޭޝިޔާގެ ގައްމުތަކުގައި ވަރަށް އާންމުކޮށް ހެދޭ ފޭރަކީ މުޅި ދުނިޔެގައި ވެސް ވަރަށް އާންމުކުށް ހެދޭ އައްޗެކެވެ. ވަސްމީރު މިވޭއިން ތަފާތު އެތައް ފައިދާއެއް ހަށިގަނޑަށް ލިބެ އެވެ.

ވިޓަމިން ސީ އަދި އޭ އިން މުއްސަނދިވެފައިވާ މޭވާއެއް

ފޭރަކީ ވިޓަމިން ސީ އަދި އޭ ގިނައަދަދަކަށް އެކުލެވޭ މޭވާއަކަށްވާ އިރު، ފޭރުގައި ވިޓަމިން ސީ އޮރެންޖްގައި ހިމެނޭ އަދަދަށް ވުރެ ހަތަރު ގުނަ އިތުރެވެ. މީގެ އިތުރުން ވިޓަމިން އީ އަދައިގެ ލޮނބޮލެއްގައި ހިމެނޭ އަދަދަށް ވުރެ ދިހަ ގުނަ އިތުރެވެ.

ފޭރުގައި ހިމެނޭ އިތުރު ވިޓަމިންސް އަދި މިނަރަލްސްގެ ތެރޭގައި ވިޓަމިން ބީޓޫ، ކޭ، މެންގަނީސް، ފޮސްފޮރަސް، ޕޯޓެސިޔަމް، ކޮޕާ އަދި ކެލްސިޔަމް ހިމެނެ އެވެ.

ފޭރުގެ އިތުރުން ފޭރުގެ ފަތަކީ ވެސް އެތަށް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ.

އަނގައިގެ ފަރުވާ:

ފޭރުފަތަކީ އަނގަޔަށް ވަރަށް ފައިދާހުރި އައްޗެކެވެ. ދުވާލަކު ދެފަހަރު ފޭރުފަތް ހަފާހެދުމަކީ އަނގަފާރުން ސަލާމަތްކޮށްދީ، ދަތުން ކޮބަޑި ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން އަނގައިގެ ވަސް ރަނގަޅު ކޮށްދީ އަދި ހިރުގަނޑާއި އަދި ދަތުގެ ރިހުން ރަނގަޅު ކޮށްދެެ އެވެ.

ހިތުގެ ނާރުތަކަށް ފަރުވާއެއް

ހިކި ފޭރުފަތް ހޫނުފެނަށް އަޅައި ސައި ތައްޔަރު ކުރެވިދާނެ އެވެ. މި ސައިގައި ނުބައި ކޮލެސްޓްރޯލްއިން ސަލާމަތްކޮށްދޭ މައްދާ ހިމެނޭ އިރު މި ސައިބުއިމުން ހިތުގެހޮޅިތަކުގެ ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

ހަޖަމްކުރުމުގެ ނިޒާމް

ބޭރަށްހިންގާ ނަމަ މިކަމަށް ފޭރުފަތްވަރެއް ހަމަނެތެވެ. އަދި އެހާމެ ފަސޭހައިން ތައްޔާރުކުރެވޭ އެއްޗެކެވެ. ބްރްޒިލްގެ ސައުޕޯލޯއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފޭރުފަތް ބޭނުންކުރުމުން އެންމެ އާންމުކޮށް ބޭރުންހިންގަން ދިމާވާ ބެކްޓީރިއާ ސްޓެފިލަކޯކަސް އެރޭއަސް ފެެތުރުން ހުއްޓުވައި ދިފާއީ ނިޒާމް ސާފުކޮށްދެ އެވެ.

ހަކުރުބަލި

ނަވާރަސަތޭކަ އަށްޑިހަ ތިން ވަނަ އަހަރު އެމެރިކަން ޖާނަލް އޮފް ޗައިނީސް މެޑިސިންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ފޭރުފަތަކީ ޑައެބެޓީކްސް މިލީޓަސް އަށްފަރުވާކުރުމުގައި އެހީވެދެ އެވެ.

މައުލޫމާތު: ސްޓެތު ނިއުސް