ފިހާރައަކަށް އެވޮކާޑޯއެއް ގަންނަންގޮސް ދޮންވެފައިވާ އެވޮކާޑޯއެއް ނުލިބިގެން އުޅެން ޖެހެނީ ކިތައް ފަހަރު ހެއްޔެވެ؟ މިހާރު ތިޔަ ކަމާ ހާސްވާކަށް ނުޖެހޭނެ އެވެ. މިކަމަށް ބޭނުންވަނީ ހަމަ ކުޑަކުޑަ އުކުޅެކެވެ.

ބޭނުންވާނޭތަކެތި

  • އެއް އެވޮކާޑޯ
  • ބޭކިން ޝީޓް
  • ޓިން ފޮއިލް

ހައްދަވާނެ ގޮތް

ޓިންފޮއިލް ނެގުމަށް ފަހު އެވޮކާޑޮގައި އޮޅާލުމަށް ފަހު ބޭކިންޝީޓުގެ ތެރެޔަށް ލާށެވެ.

އެއަށް ފަހު އަވަނުގެ ތެރެޔަށް ލައި 10 މިނިޓްވަންދެން 200 ޑިގްރީއަށް ހޫނުކޮށްލާށެވެ. ނުވަތަ އެވޮކާޑޯ މަޑުވަންދެން އަވަނުގައި ބާއްވާށެވެ. މާބޮޑަށް ހަރުނަމަ ދޮންވާން އެއްގަޑިއިރު ވެސް ނެގުމަކީ އެކަށީގެންވާކަމެކެވެ.

އެއަށް ފަހު އެވަކާޑޯ ފިނިކުރުމަށް ފްރިޖަށް ލާށެވެ.

ކިހިނެއްވާ ކަމެއް؟

އެވޮކާޑޯއަކީ މެތިލީންގޭސް ކިޔާ ގޭހެއް ބެރުކުރާ އެއްޗެކެވެ. ނަމަވެސް މިއީ ވަރަށް ލަސްލަހުން ބޭރުވާ ގޭހަކަށްވާ އިރު، ޓިންފޮއިލްގެތެރޭގައި އަވަނުގެ ގަދަ ހޫނުގެ ސަބަބުން މި ދެންނެވި ގޭސް ބޭރުވުން ވަރަށް ބޮޑަށް އިތުރުވެ އެވެ. އޭގެ ސަބަބުން އެވޮކާޑޯ ދޮންވުމުގެ ނިޒާމް އަވަސްވެ އެވެ.