ރާއްޖެ އެތެރެކުރާ ތެލުން ނަގާ ޑިއުޓީ ކުޑަކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވާގޮތުން މީގެ ކުރިން ތެލުގެ ބާވަތްތަކުން ނަގަމުން ދިޔަ 10 ޕަސެންޓް ޑިއުޓީ އެ އިސްލާހާ އެކު ފަސް ޕަސެންޓަށް ކުޑަވެެގެންދާނެ އެވެ.

މީގެ ކުރިން ގާނޫނުގައި ބުނެފައި ވަނީ ޑީސަލް އަދި ޕެޓްރޯލުން ނަގާނީ 10 ޕަސެންޓް ޑިއުޓީ ކަމަށެވެ. ނަމަވެސް އެ އިސްލާހު ފާސްވެއްޖެ ނަމަ އެ ބާވަތްތަކުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަވެގެން ދާނެ އެވެ.

މީގެކުރިން 25 ޑިއުޓީ ނަގަމުން ދިޔަ ތާރާއި ބިމުންނަގާ އިށް އަދި ހަކަތައިގެ ބާވަތްތަކުން ދެން ނަގާނީ ސުން ޕަސެންޓް ޑިއުޓީ ކަމަށް ވެސް އިސްލާޙުގައި ވަނީ ބުނެފަ އެވެ.

އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.