މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީން އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބަކަށް ބަދަލު ކުރައްވައިފި އެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމު އަލްގީނަށް ދެއްވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު ދެ ވަނަ ދުވަހު އެވެ. އޭނާ އެ މަގާމުން ވަކިކުރައްވައި، އެންވަޔަރަމަންޓް މިނިސްޓްރީއަށް ބަދަލު ކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.

އަލްގީނަކީ މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގެވި މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އޭނާ އެތަނުގައި މަސައްކަތްޕުޅު ކުރެއްވީ ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

މިދިޔަ އަަހަރު ނިމުނުއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 692 އަށް ވަނީ އަރާފަ އެވެ.