10 Jun 2017, 17:24
މާލޭގައި ފެނާއި، ގޭސް އަދި ގަނޑުކޮށް މުދާ ޑެލިވަރކުރުމަށް ރަމަޟާން މަހަށް ކަނޑައެޅި ވަގުތުތަކަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.
ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ، ރަމަޟާން މަހު މެންދުރުފަހު 15:00 އިން އިރުއޮއްސި 18:30 ދެމެދުގެ ވަގުތުގައި ފެނާއި ގޭސް އަދި މުދާ ޑެލިވަރކުރުން މަނާކުރުމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށާއި، މިހާރު މުދާ ޑެލިވަރކުރުން މަނާ ވަގުތުތަކަކީ މެންދުރު 14:00 އިން ހަވީރު 17:00 އާ ދެމެދުގެ ވަގުތު ކަމަށެވެ.
ވަގުތަށް ބަދަލު ގެނައީ، މެންދުރުފަހުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން މަގުމަތި ބޭނުންކުރާތީ އެފަރާތްތަކަށް ލުއިފަސޭހަ ކޮށްދޭން ކަމަށް މިނިސްޓްރީން ބުނެއެވެ.
ފެނާއި ގޭސް އަދި އެހެނިހެން މުދާ ޑެލިވަރކުރުމަށް ވަކި ވަގުތުތަކެއް ފުރަތަމަ ކަނޑައެޅީ މިއަހަރުގެ އެވެ. އެއަށްފަހު، މި މަސައްކަތަށް ރަމަޟާން މަހަށްވެސް ޚާއްސަ ވަގުތުތަކެއް ސަރުކާރުން ކަނޑައެޅިއެވެ.