14 Jul 2011, 14:05
ލ.ކުނަހަންދޫއާ ގުޅިފައި އޮންނަ ފިނޮޅަކުން ފެނުނު މިނި ކަށިތަކުގެ ޑީއެންއޭ ޓެސްޓު ހެދުމަށް ފުލުހުން އެ ކަށިތައް މާލެ ގެނެސްފި އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ފެންނަ މިނިކަށީގެ ޑީއެންއޭ ފުލުހުން ހަދާނެ ކަމަށާއި ކުނަހަންދޫ ފިނޮޅުން ފެނުނު މިނި ކަށިތައް ވެސް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ކުނަހަންދޫ ސްކޫލްގެ ދަރިވަރުންތަކެއް ކަހަނބުފަތް ހޯދަން ފިނޮޅަށް ގޮސް އުޅެނިކޮށް ކަށިތައް ފެނުނީ ޕްލާސްޓިކް ލޭނު ބޮތްކެއްގެ ތެރެއިންނެވެ. ކަށިތައް ހުރި ލޭނު ބޮކީގައި ވެއްޔާ ގަލާއި ކުޑަ ރުމާލެއް ވެސް އޮތެވެ. ޑޮކްޓަރަކަށް އެ ކަށިތައް ބެލުމަށްފަހު އެއީ ތުއްތު ކުއްޖެއްގެ ކަށިތަކެއް ކަން ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.