ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު މާލޭގެ ގެއަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މ. ސްނޯ ލިލީ ބަލައިފާސްކޮށް 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު ހަވީރު 4:24 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެއެވެ.

މަސްތުވާތަކެއްޗާއެކު ފުލުހުން މިރޭ ވަނީ ކ. މާފުށިން ވެސް މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިރޭ 7:30 ހާއިރު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި 35 އަހަރުގެ ފިރިހެން މީހާ އަތުން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 31 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.