14 Jul 2011, 13:08
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރަތުގެ ތިން ވަނަ ބުރަން ނުކުންނައިރު، ޓީމްގެ ފަރިތަކުރުން ތައް އަންނަ ރޯދަ މަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށް ނިއުރޭޑިއަންޓުގެ ކޯޗް މުހައްމަދު ޝިޔާޒް )މޯހަން( ބުނެފި އެވެ.
މޯހަން ބުނީ، އެއްވެސް މެޗަކުން ބަލިނުވެ ލީގުގެ ދެވަނަ ބުރު ނިންމާލި އިރު، ތާވަލްގެ ތިން ވަނާގައި ޓީމް އޮތީ ހިތް ހަމަޖެހިގެން ކަމަށެވެ. ތިން ވަނަ ބުރަށް ނުކުންނާނީ ރަނގަޅު ފެށުމަކާއެކު ކަމަށް ވެސް މޯހަން ބުންޏެވެ.
"ޓީމްގެ ފަރިތަކުރުންތައް ފަށާނީ ރޯދަމުހުގެ 10 ވަނަ ދުވަހު. އަދި އެފްއޭ ކަޕާމެދަކު ނުވިސްނަން. އަދި މިވިސް ނަނީ ހަމަ ލީގާ މެދު. ތިން ވަނަ ބުރަށް ނުކުންނާނީ ފުރިހަމައަށް ތައްޔާރު ވެގެން،" މޯހަން ބުންޏެވެ.
ލީގުގެ ދެ ވަނަ ބުރު ނިއްމާލި އިރު ޖުމްލަ 14 މެޗް ކުޅެ 35 ޕޮއިންޓާއެކު ވީބީ އެއްވަނާގައި އުޅޭ އިރު، ވިކްޓަރީ އުޅެނީ 30 ޕޮއންޓާއެކު ދެ ވަނާގަ އެވެ. އަދި ތިން ވަނާގައި ނިއު އުޅޭ އިރު، ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރެވެ. އެހެންނަމަވެސް ގޯލްގެ ތަފާތުން ނިއު ކުރީގައި އުޅޭ އިރު، ހަތަރު ވަނާގައި އުޅެނީ މާޒިޔާ އެވެ.
ލީގުގެ ދެ ވަނަ ބުރުގައި އަށް ޓީމް ވާދަކުރި، ތިން ވަނަ ބުރުގައި ވާދަކުރާނީ ހަ ޓީމެވެ. ތިން ވަނަ ބުރުން ޖާގަ ނުލިބި ރެލިގޭޓުވި ވިޔެންސާއަށް ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލެވެ. އަދި ދެ ވަނަ ޓީމްގެ ގޮތުގައި ރެލިގޭޓްވި އޭވައިއެލް އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.