ނެޓްބޯޅަ ކޯޗުުންނާއި އަމްޕަޔަރުން ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ރަޖީސްޓްރީ ވުމަށް އެ އެސޯސިއޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުންނާ ގުޅޭ ކަންތައްތައް ހަރުދަނާ ކުރުމުގެ މަގްސަދުގައި ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނެފައި ވަނީ ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތައް ޖުލައި މަހުގެ 3 ވަނަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.

ރަޖިސްޓްރީވާން ބެނުންވާ މީހުންނަށް އެކަމާ ގުޅޭ ފޯމް ނެޓްބޯޅަ އެސޯސިއޭޝަނުން އަދި އެ އެސޯސިއޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ނެޓްބޯޅަ ކޯޗުުންނާއި އަމްޕަޔަރުން ރަޖިސްޓްރީކޮށްދެވޭނީ ކޯޗުކަން ކުރުމާއި އަމްޕަޔަރުކަން ކުރުމުގެ ސެޓްފިކެޓް ނެޓްބޯޅަ އިދާރާއަށް ހުށައެޅުމުންނެވެ.