މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހައިރައިޒް އިން ބާއްވަމުން އަންނަ ވެކޭޝަންސް އެކްސްޕޯ އެންޑޯޒްކޮށްފި އެވެ.

އެ މައުރަޒު އެންޑޯޒު ކުރި ކަން ހާމަ ކުރުމަށް ޓަކައި އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ވެކޭޝަންސް އެކްސްޕޯ ރަސްމީކޮށް އެ ކޯޕަރޭޝަނުން އެންޑޯޒްކޮށްފައިވާ ކަމަށެވެ.

މިއަހަރު ބާއްވާ ވެކޭޝަންސް އެކްސްޕޯ އަކީ އެ ބްރޭންޑުގެ ދެވަނަ މައުރަޒެވެ. ވެކޭޝަންސް އެކްސްޕޯއެއް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ މައުރަޒު ކާމިޔާބުކަމާ އެކު ނިންމާލާފައިވާއިރު ހައިރައިޒް މިހާރު ތައްޔާރުވަމުން ދަނީ ވެކޭޝަންސް އެކްސްޕޯ 2017 އަށެވެ.

ހައިރައިޒަކީ ރާއްޖޭގެ ފެންވަރުގައި ބަލައިލާއިރު ވެސް އެންމެ ކުރީގައި އުޅޭ އިވެންޓް މެނޭޖްމެންޓް ކުންފުންޏެއްވެ. އެކުންފުނީގެ އަމިއްލަ ހަ ބްރޭންޑެއް ތައާރަފްކޮށްފައިވާ އިރު އެ އެހުރިހާ ބްރޭންޑަކީ ވެސް ކާމިޔާބު، އާންމުންގެ ތަރުހީބު ބޮޑު ހަ ބްރޭންޑެވެ. ހައިރައިޒްގެ އިވެންޓުތަކުގެ ތެރޭގައި ސަރަހައްދީ ފެންވަރުގެ އެވޯޑު ހަފްލާއެއް ވެސް ހިމެނެ އެވެ.

ހައިރައިޒްގެ އިވެންޓުތައް:

  1. ލިވިންގް އެކްސްޕޯ

  2. ސައުންޑްސް އޮފް މޯލްޑިވްސް
  3. ފުޑް އެންޑް ބެވަރޭޖެސް ޝޯ
  4. ވެކޭޝަންސް އެކްސްޕޯ
  5. ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް
  6. ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯ ވެގެންދާނީ އީދު ބަންދާއި މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދުގައި ދަތުރު ކުރުމަށް އެންމެ ރަނގަޅު މަންޒިލްތައް ޝޯކޭސް ވެގެންދާނެ ޕްލެޓުފޯމަށެވެ.

ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރޭގައި ދިވެހިންނާއި ބިދޭސީން އަދި ޓްރޭޑް ޕްރޮފެޝަނަލްސްގެ އިތުރުން ޓްރެވެލް ސެކްޓާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ވެރިން ވެސް ހިމެނެ އެވެ. އެ މައުރަޒަކީ އިންބައުންޑް އަދި އައުޓް ބައުންޑް މާކެޓުވެސް ޝޯކޭސް ކުރާ މައުރަޒެކެވެ.

އެމްއެމްޕީއާރުސީން ބުނީ އެ މައުރަޒު ބޭއްވުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް އެ ކޯޕަރޭޝަނުން ދޭނެ ކަމަށާއި އުއްމީދަކީ މިއަހަރުގެ މައުރަޒު ވެސް ކާމިޔާބުކަމާ އެކު ބޭއްވުމެވެ.