08 Jun 2017, 13:07
މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދިނުމަށް ފަހު ހަފްތާއަކަށް ސްކޫލްތައް މިއަދު ބަންދު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކެޑަމިކް ކަލަންޑަރުގައި ބުނާ ގޮތުން ދެ ވަނަ ޓާމަށް ސްކޫލްތައް ދެން ހުޅުވޭނީ މި މަހުގެ 18ވާ އާދީއްތަ ދުވަހު އެވެ.
ނަމަވެސް ފިތުރު އީދާ އެކު ލިބޭ ތިން ދުވަހާ އެކު އިތުރު ދެ ދުވަހަށް ސަރުކާރު ބަންދުކުރަން ނިންމުމުން އެ ހަފްތާ އެއްކޮށް ވެސް ސްކޫލްތައް ބަންދު ވާނެ އެވެ.
އެހެންކަމުން މި މަހުގެ 18 އިން 22 އަށް ކިޔަވައިދިނުމަށް ފަހު، އީދު ޗުއްޓީ ނިންމައި ދަރިވަރުން ސްކޫލްތަކަށް ނުކުންނާނީ އަންނަ މަހުގެ 2 ވަނަވާ އާދީއްތަ ދުވަހު އެވެ.
އެކެޑަމިކް ކަލަންޑަރުގައި ބުނާ ގޮތުން ދެވަނަ ޓާމްއަށް ސްކޫލްތައް ބަންދު ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތިނަކުން ހަތަކަށެވެ.