މިދިޔަ ހޯމަ ދުވަހު ރާއްޖެއައި ފްލައިޓަކުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ބަނގުލަދޭޝްގެ ޑާކާ އިން މަސްތުވާތަކެތި ރާއްޖެ އެތެރެކުރި 26 އަހަރުގެ ފިރިފެން މީހާ ހައްޔަރުކޮށް، ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ އަކީ ވެސް ބަނގުލަދޭޝްގެ މީހެކެވެ.

އެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 26 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަކީ ވެސް ބަނގުލަދޭޝްގެ މީހުންނެވެ.