08 Jun 2017, 12:43
އާސެނަލްގެ ޑިފެންޑަރު ހެކްޓާ ބެލެރިން ގެނައުމަށް ޓަކައި ކުޅުންތެރިޔާއާ އެކު ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ބާސެލޯނާ އިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސްޕެއިންގެ އާރްއޭސީގައި ރިޕޯޓުކޮށްފައިވާ ގޮތުން، އާސެނަލްގެ ރައިޓް ބެކް ބާސާއަށް ބަދަލުކުރުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ދެ ކްލަބުގެ ދެމެދުގައި ޓްރާންސްފާ ފީއަކަށް އެއްބަސްވުމެވެ. އެހެންކަމުން އެ މަޝްވަރާތައް ވެސް ކުރިއަށް ދާކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ބެލަރިން ދޫކޮށްލަން 35 މިލިއަން ޕައުންޑުން ދަށުގެ ފީއަކަށް އާސެނަލް އެއްބަހެއް ނުވާނެ އެވެ. އަދި ބާސާއިން އެ ޓްރާންސްފާ އަށް 40 މިލިއަނާ ގާތްކުރާ އަދަދެއް ހުށަހެޅުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 22 އަހަރުގެ ބެލެރިން އަކީ ބާސެލޯނާ އިން އުފެއްދި ކުޅުންތެރިއެކެވެ. އޭނާ އާސެނަލާ ގުޅުނީ 2011 ވަނަ އަހަރުގަ އެވެ.