07 Jun 2017, 14:09
ރާއްޖެއަށް 7.1 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ބަނގުލަޝް އިން ރާއްޖެއައި 26 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއްގެ އަތުން ކަމަށެވެ.
ކަސްޓަމްސް އިން ބުނީ މަސްތުވާތެކެތި ފެނުނީ އެމީހާ ފްލައިޓުން ފޭބުމާ އެކު އޭނާގެ އަމަލުތައް ހުރިގޮތުން އެއާޕޯޓްގެ ޕަސެންޖަރ ކްލިއަރެންސް އޮފިސަރުންނަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ޗެކްކުރިއިރުމުން ކަމަށެވެ.

ބަނގުލަދޭޝްގެ ފިރިހެނަކު ރާއްޖެ އެތެރެކުރި 7.1 ކިލޯގެ މަސްތުވާތަކެތި ---- ފޮޓޯ: ކަސްޓަމްސް
އޭނާގެ ގެނައި ފޮށިގަނޑެއްގެ ތެރޭގައި ވަށައިގެން ޓޭޕް އަޅައި ބަންދުކޮށްފައިވާ ހަ ޕްލާސްޓިކްތަށީގެ ތެރޭގައި ބަންދުކޮށްފައި ހުރިތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އެމީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.