14 Jul 2011, 11:28
ވަތަނިއްޔާއިން އެންމެ އަގު ހެޔޮ އައިޑީ ރޭޓް ތަޢާރަފް ކޮށްފި އެވެ.
މުއާސަލާތީ ކުންފުނި، ވަތަނިއްޔާއިން ބުނީ މި މަހުން ފެށިގެން ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެއިން ބޭރަށް ގުޅުމަށް ތައާރަފްކުރި ޚާއްސަ އައިޑީރޭޓް ބޭނުން ކުރެވޭނެ ކަމަށެވެ.
ވަތަނިއްޔާއިން ތަޢާރަފް ކުރި ރޭޓުން މެލޭޝިއާ އަދި ތައިލެންޑަށް މިނިޓަކަށް 1.79ރ. ގުޅޭނެ އެވެ. އަދި މި ޚާއްސަ ރޭޓުން ރާއްޖެއިން ބޭރަށް ގުޅުމަށް ކަންޓްރީ ކޯޑުގެ ކުރިއަށް 011 ޖަހަން ޖެހެ އެވެ.
ވަތަނިއްޔާގެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް އިންޑިޔާ، ސްރީލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އަށް މިނެޓަކު 2.45ރ. ގެ ރޭޓުން ގުޅޭނެ އެވެ.
ވަތަނިއްޔާއިން މިހާރު ވެސް ދަނީ "ސްޕެންޑް އެންޑް ވިން"ގެ ނަމުގައި ޕްރޮމޯޝަނެއް ހިންގަމުންނެވެ. މި ޕްރޮމޯޝަނުގައި 50ރ. ޚަރަދު ކޮށްގެން 110،000ރ. ގެ އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.