07 Jun 2017, 14:15
ސައުދީ އާމްސް ޑީލަރު އަދި މަޝްހޫރު ބިލިއަނަރު، އަދުނާންސް ކަޝޯގީ އުމުރުންް 82 އަހަރުގައި ލަންޑަންގައި އަވަހާރަވެއްޖެ އެވެ.
ކަޝޯގީގެ އާއިލާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ ހަމަހިމޭން މަރަކުން ކަމަށާއި އޭނާ އަކީ ޕާކިސަންސް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ހަތިޔާރު ވިއްކުމުގެ ބްރޯކަރެއްގެ ދައުރު އަދާ ކުރި ކަޝޯގީ އަކީ 1970 އާއި 1980 އާ ދެމެދު ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.
އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ކަޝޯގީގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އޭނާ ހޭދަ ކުރެއްވީ އޭނާގެ ދަރިންނާއި އަދި ކާފަ ދަރިންނާ އެކު ޝަރަފާއި ގަދަރާ ްއެކު ކަމަށެވެ. އަދި އޭނާގެ އަނބިކަނބަލުންގެ ލޯތްބާއި އަޅާލުމާ އެކު ކަމަށެވެ.
ްއެ ބަޔާނުގައި ބުނީ ކަޝޯގީއަކީ ބައިނަލްއަގުވާމީ ދުނިޔޭގައި މީހުންގެ މަގުބޫލުކަން ހޯއްދަވާފައިވާ އާދިޔާ ހިލާފު ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށެވެ.
"އަހަރުންގެ ބައްޕައަކީ ދެވަނައެއް ނުވާ ވަރަށް، ދޭދޭ މީހުންގެ ގުޅުންތައް ގާއިމުކޮށްދޭ ކުޅަދާނަ ސަހުސިއްޔަތެއް." އާއިލާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކަޝޯގީ ވަނީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓްފަހަރުތަކުގެ ތެރޭގައި ހިމެނޭ ޔޮޓެއް ވެސް ގަނެފަ އެވެ. އަދި 86 މީޓަރުގެ ނަބީލާއަކީ ޖޭމްސް ބޮންޑްގެ ފިލްމް "ނެވާ ސޭ ނެވާ އެގެއިން" ފިލްމް ކުޅުނު ޔޮޓް ވެސްމެ އެވެ. ނަމަވެސް ފަހުން ކަޝީގީގެ ވިޔަފާރި އަޑިއަޅާލުމުން އެ ޔޮޓް ވަނީ ބުރޫނާއީގެ ސުލްތާނަށް ހަވާލުކޮށްފަ އެވެ. އަދި ފަހުން އެ ޔޮޓް ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް 29 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. އެއީ 1980ގެ އަހަރުތަކުގަ އެވެ.

ކަޝޯގެ ޔޮޓް، ފަހުން އެ ޔޮޓް ގަތީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ފްރާންސަށް 37 ކުރެހުން އެމެރިކާ އިން އޭނާގެ އަމިއްލަ ޖެޓުގައި ސްމަގްލްކޮށްގެން ފްރާންސް ކޯޓަކުން ވަނީ ކަޝޯގީ 1.6 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
މައުލޫމާތު: ބީބީސީ