ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން 52.4 މިލިއަން ޕައުންޑަށް ބިޑްކުރުމުން ރެއާލް މެޑްރިޑުން އެއަށް ނޫނެކޭ ބުނެފިއެވެ.

ސްކައި ސްޕޯޓްސް އިން ބުނީ، މޮރާޓާ ދޫކޮށްލުމަށް ރެއާލުން ހުށަހަޅަނީ އެންމެ ދަށްވެގެން 78 މިލިއަން ޕައުންޑުގެ އަގެއް ކަމަށެވެ. ނަމަވެސް އެ ޑީލްގެ ތެރޭގައި ރެއާލުން ބޭނުންވެގެން އުޅޭ ރެއާލްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހިމަނާފައެއް ނުވެއެވެ.

ރެއާލް މެޑްރިޑުން ނިމިދިޔަ ސީޒަންގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، މޮރާޓާ ވަނީ އެ މުއްދަތުގައި ރެއާލަށް 20 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރިޕޯޓުތައް ބުނާގޮތުން، މޮރާޓާގެ މައްސަލައިގައި ރެއާލާއެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ހޯޒޭ މޮރީނިއޯ ދެން މިސްރާބު ޖަހާނީ ޓޮރިނޯގެ އިޓާލިއަން ފޯވާޑް އަންދްރޭ ބެލޮޓީ ހޯދުމަށެވެ.

ޓޮރިނޯއާއެކު ބެލޮޓީ ހަދާފައިވާ އެއްބަސްވުން ރޫޅައިލާ ނަމަ، އޭނާގެ ޓްރާންސްފަރ ފީ 87.3 މިލިއަން ޕައުންޑަށް އަރާނެއެވެ.