ހދ. ކުޅުދުއްފުށީގައި އަންހެނަކު ބްލެކްމެއިލް ކުރަމުން ދިޔަ ފުލަހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކުޅުދުއްފުށީގައި ޑިއުޓީ އަދާ ކުރަމުންދިޔަ ފުލުހަކު ހައްޔަރު ކޮށް އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ މީހަކާ އިނދެގެން އުޅޭ އެ އަންހެން މީހާ ބްލެކްމެއިލް ކުރީ ކޮން ގޮތަކަށް ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.