ސ. މީދޫވައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ހަމެއް ހިފައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފި އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ދެ ކުދިން ހައްޔަރު ކުރީ މި މަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ހަމަކާ އެކު މީދޫ ބަހާއުއްދީން މަގުން ދަނިކޮށް ހައްޔަރު ކުރި އެރަށުގެ ބައެއް ޒުވާނުންނާވެސް ގުޅިގެނެވެ.

މީގެއިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިމަހު 12 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ރަބަރު ޕެކެޓަކާއެކު ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މީދޫ، ވިމްލާ ގޭތެރޭގައި އެތަކެތި ބޭނުން ކުރަން ތިއްބާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ އެމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 22 އަހަރާއި 44 އަހަރާއި ދެމެދުގެ ތިން މީހެކެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހްޤީޤް ކުރަމުންނެވެ.