އަރަބި އިސްލާމީ ގައުމެއް ކަމަށްވާ ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން މިއަދު ނިންމީ އެއްވެސް ގައުމަކުން ނުފޫޒެއް ފޯރުވައިގެނެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެހެން ބުނެފައި ވަނީ މިރޭ ކުއްލި ގޮތަކަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ދިވެހި ދައުލަތުން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ އަމިއްލަ ބާރުގައި މިނިވަންކަމާއެކުގައި ކަމަށެވެ.

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާގެ ނުފޫޒުން ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އަނިލް މިރޭ ވާހަކަފުޅު ދެއްކެވި އެވެ.