05 Jun 2017, 15:41
ކ. ހިންމަފުށީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ސިރާޖަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވައިފިއެވެ.
ސިރާޖު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވީ ކޯޑިނޭޓަރުކަން ހަމަޖެއްސި ކަމުގެ ލިޔުން އޭނާ އަށް މިއަދު ލިބިފައިވާ ކަމަށެވެ.
ސިރާޖަކީ ދެ ދައުރު ހިންމަފުށީ ކައުންސިލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކައުންސިލްގެ ނައިބު ރައީސްކަން އޭނާ ކުރެއްވީ ނިމިދިޔަ ދައުރުއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ސިރާޖު ވާދަކުރެއްވިއެވެ. ނަމަވެސް މިފަހަރު އޭނާ އަށް އިންތިޚާބު ކާމިޔާބު ކުރެވިފައެއްނުވެއެވެ.