05 Jun 2017, 11:40
މި ރޯދަމަހަށް ޚާއްސަކޮށްގެން ދިރާގުން ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ، 30 ޖޫން 2017ގެ ނިޔަލަށް ކުރިއަށް ގެންދާ ޚާއްސަ ޕްރޮމޯޝަންގައި ދިރާގު ފައިބަރ ނުވަތަ އޭޑީއެސްއެލް ކަނެކްޝަނެއް ހިލޭ ގުޅައިދީ ފުރަތަމަ މަހުގެ މަހުފީ އިން 25 އިންސައްތަ ޑިސްކައުންޓެއް ލިބިގެން ދާނޭ ކަމަށެވެ.
ދިރާގުން މިދިޔަ މޭ މަހުވެސް ވަނީ ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.
"އަނެއްކާވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރިއަށްގެންދަން ހަމަޖެއްސީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ފައިބަރ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމަށްޓައި،" ދިރާގުން ބުންޏެވެ.