04 Jun 2017, 15:45
އަދުގެ ޒުވާން ކުދިން ޒުވާން ކަން ދެއްކުމަށް ލައްކަ ސާމާނު ބޭނުން ކުރެ އެވެ. ހަންގަނޑުގެ އޮމާންކޮށް ހަށިގަނޑުގެ މިންތައް ހެޔޮވަރުކޮށް ބަލާލަން ރީތި ބުރަ ސޫރައެއްގައި ހުރުމަށް ވަރަށް މަސައްކަތް ކުރެ އެވެ. މި ޒަމާނުގައި މޭކަޕުން އެކަން އޮޅުވާލެވިދާނެ އެވެ.
ހަތަރު ކުދިންގެ މާމަ ކިޔާ ކެރޮލީން ހާޓްޒް އަކީ ދުނިޔޭގެ އެންމެ "ހޮޓެސްޓް" މާމަގެ ނަމުން މަޝްހޫރު އަންހެނެކެވެ. އިންސްޓަގްރަމްއަށް ހިއްސާކުރާ ލޫޅާފަތި ހަށިގަނޑުގެ ފޮޓޯތަކުން ގިނަ ބަޔަކު ހައިރާން ކުރަމުން އަންނަ ހުޅަނގު އޮސްޓްރޭލިއާއަށް އުފަން ހާޓްޒްގެ އުމުރު ބުނެފި ނަމަ އަދި އިތުރު ހައިރާން ކަމެއް ގެނުވަފާނެ އެވެ.
އަދުގެ ޒުވާން ޅަ ކުދިންނަށް ގޮންޖަހާލެވޭ ވަރުގެ ޒުވާން ކަމެއް ލިބިފައި ހުރި ހާޓްޒްގެ އުމުރުން އަންނަ މަހު 70 އަހަރު ފުރޭނެ އެވެ. އޭނާގެ ސިއްރު މިއޮތީ އެވެ.

އުމުރުން 70 އަހަރުގެ ކެރޮލީން ހާޓްޒް ---
ހާޓްޒް ބުނި ގޮތުގައި ކުރީގައި އޭނާގެ ހެނދުނު ނާސްތާއަކީ ޗީޒްކޭކެވެ. އަދި މެންދުރުގެ ކެއުމަކީ ބިސްކޯދު ޕެކެޓެކެވެ. ނަމަވެސް އުމުރުން 40 އަހަރުގައި ޕްރީ ޑައިބެޓިކްސް ހުރިކަން އެނގުނު ހިސާބުން ހަކުރު ހުންނަ އެއްޗިއްސާ ދުރުވެ ލޭގެ ހަކުރު މިންވަރު ކޮންޓްރޯލް ކުރަން އޭނާ ފެށި އެވެ.
ފޮނި އެއްޗިއްސަށް ދެވިހިފާފައި ހުރި ހާޓްޒް އަށް އެތަކެއްޗާ ދުރަށްދާން ފުރަތަމަ އުދަނގޫވި އެވެ. ނަމަވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށާއި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެކަމުން ދުރުވުމަކީ މުހިއްމު ކަމެއް ކަމަށް އޭނާއަށް ވިސްނުނެވެ.
"އަހަންނަށް ގަބޫލު ކުރެވުނު އެއްޗަކީ ކާ އެއްޗިއްސާއި ކެވޭ މިންވަރު އެނގުމަކީ ވަރަށް މުހިއްމު ކަމެއް. ކެވޭ އިރު އެ ކެވެނީ ކޮންއެއްޗެއްކަން ކޮންމެހެން އެނގެން ޖެހޭ. އެކަމަށް ނުބަލާ ކެއުމުގެ ސަބަބުން ބަރުދަން އިތުރުވޭ،"
އޭގެ އިތުރުން އެހެން މީހުން ދައްކާ ގަބޫލުނުކުރެވޭ ވާހަކަ އަޑު ނާހައި އަމިއްލަ މިޒާޖު ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ދިރިއުޅުމަކީ އެންމެ ފުރިހަމަ އެއްޗެއް ނޫންކަން ގަބޫލުކުރުމަށް ވެސް ހާޓްޒް ބުންޏެވެ.

އުމުރުން 70 އަހަރުގެ ކެރޮލީން ހާޓްޒް ---
ސިއްހަތު ރަނގަޅު ޑައިޓެއް ގެންގުޅުމުގެ އިތުރުން ހަތް ގަޑިއިރާއި އަށް ގަޑިއިރަށް ނިދާ، ގަވައިދުން ހިނގަން ގޮސް ރަނގަޅަށް ވިސްނުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ހާޓްޒް ބުންޏެވެ. އޭނާ ބުނީ، ކޮންމެވެސް ވަރަކަށް ކޮސްމެޓިކް ސާޖަރީ ހެދި ކަމަށާއި އެއީ ސިއްހަތު ރަނގަޅަށް ހުރުމުގެ އަސްލު ނޫން ކަމަށެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރި މަސައްކަތުން އާދައިގެ ހަކުރުގެ ބަދަލުގައި ބޭނުންކުރާނެ ހަކުރެއް އުފައްދައި އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅޭ ކާމިޔާބު ހާޓްޒްގެ މިވާހަކަތައް މީޑިއާގައި ފެތުރިގެން ދިޔަ ނަމަވެސް، ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވި އެވެ.
އެގޮތުން ސާޖަރީ ނުހަދާ އޭނާ އެހެން ނުހުންނާނެ ކަމަށް ބައެއް މީހުން ބުނި އިރު، 70 އަހަރުގެ މީހަކު ހަކުރު މަދުކޮށް ފޭކް ދަތްޕިލައަކާއި ފޭކް ހަށިގަނޑެއް ހުރުމަކީ ފޭކެއް ކަމަށް ބުނެފައިވެ އެވެ. އަދި ހާޓްޒް ރީތި ވަނީ ހަކުރު މަދުކުރުމުގެ ބަދަލުކޮށް ފައިސާ އަދި ކުޅިވަރައި ކަސްރަތުކުރުމަށް ވަގުތު އޮތުމުން ކަމަށް ބުނެ އޭނާ އަށް ގިނަ ބަޔަކު މަލާމާތް ކޮށްފައިވެ އެވެ.