04 Jun 2017, 12:52
އޭޝިއަން ކަޕްގެ ކޮލިފައިން މެޗާއި އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ޓީސީ ސްޕޯޓްސްގެ މުހައްމަދު އައްޒާމްއާއި އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން ބާކީކޮށް ފައިނަލް ސްކޮޑް އިއުލާނުކޮށްފިއެވެ.
އައްޒާމާއި ވަހީދުގެ އިތުރުން ޒުވާން ދެ ކީޕަރުން ކަމަށްވާ މާޒިޔާގެ ހުސައިން ޝަރީފް އަދި ނިއުރޭޑިއަންޓްގެ އަބްދުﷲ ޒިމާމް ވެސް ވަނީ ސްކޮޑުން ބާކީކޮށްފައެވެ.
އެފްއޭއެމުން ބުނީ ފައިނަލް ސްކޮޑުގައި އައްޒާމް ނުހިމެނީ އޭނާ މިވަގުތު ހުރީ އިންޖަރީގެ ސަބަބުން ކަމަށްވާތީ ކަމަށެވެ.
އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗު ކުޅުމަށްޓަކައި ގައުމީ ފުޓްބޯޅަ ޓީމް މިރޭ ދުބާއީއަށް ފުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
އޭޝިއަން ކަޕްގައި ރާއްޖެ، ބޫޓާނާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗު ކުޅޭނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
އަފްޣާނިސްތާން އަދި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- މުހައްމަދު އިރުފާން (އިރޭ)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަޝްއަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- ސަމޫހު އަލީ (ސަމުއްޓޭ)
- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ޓީސީ
ހަސަން ނާއިޒް (ދާދު)
ކްލަބު ވެލެންސިއާ
ޝާފިއު އަހްމަދު (ޝާފީ)
- މުހައްމަދު ފައިސަލް – ގޯލްކީޕަރު
އީގަލްސް
އިމްރާން ނަޝީދު
- މުހައްމަދު ޝަފީއު (ޗެކް) – ގޯލްކީޕަރު
- އަހްމަދު ރިޒުވާން
- އަހްމަދު ޒާދު
ވިކްޓަރީ
މުހައްމަދު އިމްރާން – ގޯލްކީޕަރު
- އިސްމާއިލް އީސާ (މެސީ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަލީ ފާސިރު (ސެންޓޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަކްރަމް އަބްދުލްޤަނީ (އަކޫ)
ގްރީން ސްޓްރީޓްސް
މުހައްމަދު ސާއިފް
- އަހްމަދު ރަޝީދު (އައްމަޑޭ)