13 Jul 2011, 19:10
ހދ. ކުޅުދުއްފުށިން އިއްޔެ ހަވީރު ގެއްލިގެން ހޯދަމުން އަންނަ މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާގެ އެއްވެސް ހަބަރެއް ވެފައިނުވާ ކަމަށޤ އެރަށު ކައުންސިލްގެ އިދާރާއިން ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޖަމްޝީދު ވިދާޅުވީ އިއްޔެއިން ފެށިގެން ގެއްލިގެން ހޯދާ އެރަށު އަރޮޅުމާގޭ، ހަސަން އިބްރާހިމް،51، (ލާލު ހަސަނު)ގެ އެއްވެސް ހަބަރެއް ނުވާ ކަމަށާއި އޭނާ ފެނޭތޯ ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
"މިހާރުވެސް މިދަނީ އިބްރާހިމް ފެނޭތޯ ރަށު ރައްޔިތުންނާއި، ފުލުހުންނާއި، އެމްއެންޑީއެފާއެކީ މަސައްކަތް ކުރަމުން، މިހާރު އަޅުގަނޑުމެން ބަލަމުން މިދަނީ މިރަށު ވަލު ސަރަހައްދާއި، އިމާރާތް ކުރަން ފަށައިވާ ގެތަކާއި، ފަޅުގެތައް. އެމްއެންޑީއެފުން ދަނީ ފަޅުތެރެ ވެސް ބަލަމުން،" ކައުންސިލްގެ ރައީސް ޖަމްޝީދު ވިދާޅުވި އެވެ.
ރަނގަޅު ސިއްހަތެއް ގައި ހުރި ހަސަނު އިއްޔެ ގެއްލުނު އިރު، "ސިކުނޑީގެ ކަމެއް މިދުވަސްކޮޅު އުޅުނު" ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް ވިދާޅުވީ، އިބްރާހިމް ފެނޭތޯ މިއަދު މެންދުރު 1:30 ން ފެށިގެން ރަށުގެ ފަޅުތެރެ ބަލަމުންދާ ކަމަށާއި، އަދި ބަލަމުން ދަނީ ރަށު ކައުންސިލުން ބުނަމުންދާ ސަރަހައްދުތައް ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުދިންނާއި އަތްބަކު ހުންނަ ހަސަން އިބްރާހިމް ގެއިން ދިޔައީ އިއްޔެ ހެނދުނު ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށެވެ.