19:00


ޓީޖެޓީ ސަރަހައްދުގައި ދޯންޏެއްގެ ދިރުނބާކޮޅުން ޖެހިގެން އަނިޔާވި ބަންގްލަދޭޝްގެ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.


ފުލުހުން ބުނީ މިއަދު މެންދުރު އެކެއް ޖަހާކަންހާއިރު މި ހާދިސާ ހިނގާފައި ވަނީ ތިލަފުށިން މުދާ ހިފައިންގެން މާލެ އައި ސޮނީ ހާޑްވެއަރގެ "އައްސިދަ" ނަމަކަށް ކިޔާ ދޯނި މުދާ ހުސްކޮށްފައި ފުރަން އުޅުމުގެ ތެރޭގައި ދޯނީގެ ވާ މޮހަން އުޅުނު، ފަޅުވެރިއެއް ކަމަށްވާ ބަނގުލަދޭޝްގެ އެ މީހާ ވާމޮހެލާފައި ކޮޅަށް ތެދުވި ވަގުތު ދޯނީގެ ދިރުނބާކޮޅުން އޭނާގެ މޭގައި ޖެހިގެން ތޮށިގަނޑު މައްޗަށް ވެއްޓުމާ ގުޅިގެންނެވެ. އޭނާ ވެއްޓުމާއެކު ދޯނީގައި ތިބި މީހުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.