މިއަހަރުގެ އިސްލާމީ ޝަހްޝިޔަތަކަށް ސައުދީ ރަސްގެފާން ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު ހޮވިވަޑައިގެންފި އެވެ.

އަހަރުގެ އިސްލާމީ ޝަހުސިއްޔަތު އިއުލާން ކުރަނީ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑް އިންތިޒާމްކުރާ ފަރާތުންނެވެ.

އަހަރުގެ އިސްލާމީ ޝަހުސިއްޔަތަކަށް ކިންގު ސަލްހާން ހޮވުނުކަން އިއުލާން ކޮށްފައި ވަނީ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން މުބާރާތުގެ 21 ވަނަ މުބާރާތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގެ އިސްވެރިޔާ އިބްރާހިމް ބު މެލްހާ ވިދާޅުވީ، އަހަރުގެ އިސްލާމީ ޝަހްޝިއްޔަތަކަށް ކިންގް ސަލްމާންގެ ނަންފުޅު ހޮއްވެވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމް ދީނާއި މުސްލިމުންނަށް ކޮށްދެއްވަމުން ގެންދަވާ ހެޔޮ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ކީރިތި ޤުރުއާންގެ އިލްމު ފުޅާކޮށް ފެތުރުއްވުމަށް ކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް އަމިއްލަ ފަރުދަނަކަށް ނޫނީ ޖަމިއްޔާ ޖަމިއްޔާއަކަށް ކޮންމެ އަހަރަކު ވެސް ދެމުން ގެންދާ އެ އެވޯޑާއެކު އެއް މިލިއަން ދިރްހަމްގެ ފައިސާ ވެސް ދެއެވެ.

މިދިޔަ އަހަރުގެ އިސްލާމީ ޝަހްޝިއްޔަތަކަށް ހޮއްވަވާފައި ވަނީ ދުބާއީގެ 96 އަހަރުގެ އިލްމުވެރިއަކަށެވެ.