ސަން ބަދިގޭގައި މިއަދު ތައްޔާރުކުރުމަށް ހަމަޖެހިފައި ވަނީ، ބީފް ޓަޓާކީ ކިޔާ ވަރަށް މީރު ސޭންޑްވިޗެކެވެ.

ބޭނުންވާ ތަކެތި

  • 200 ގްރާމް ބީފް
  • 10 ގްރާމް އޮއިސްޓަރ ސޯސް
  • 20 ގްރާމް މާމުއި
  • 20 ގްރާމް މަޝްރޫމް
  • 10 ގްރާމް ސޯޔާ ސޯސް
  • 1 ބަގެޓް ބްރެޑް
  • 2 ލޮނުމެދު (ޗިސްކޮށްލާފައި)
  • ލޮނު
  • އަސޭމިރުސް
  • އޮލިވް އޮއިލް
  • އިނގުރު

ތައްޔާރުކުރާނޭ ގޮތް؛

ފުރަތަމަ ބީފްކޮޅު ސީޒަންކޮށްލުމަށްޓަކައި އޭގެ މައްޗަށް ލޮނުމެދުކޮޅާއި، ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާލާށެވެ. އެއަށްފަހު ތަލަވުލުގެ ތެރެއަށް ތެޔޮފޮދެއް އަޅާލާފައި ބީފްކޮޅު މެދުމިނަކަށް ތަވާމަތީގައި ގްރިލްކޮށްލާށެވެ. ގްރިލް ވުމުން ބީފްކޮޅު ކޮށާލާށެވެ.

ބީފް ޓަޓާކީ ތައްޔާރުކުރާނޭގޮތް--

އެއަށްފަހު، އެއަށް ބޭނުންވާ ސޯސްކޮޅު ތައްޔާރުކޮށްލުމަށްޓަކައި އިތުރު ތަވައެއްގެ ތެރެއަށް ސޯޔާ ސޯސް، އޮއިސްޓާ ސޯސް، މާމުއިފޮދު އަޅާފައި ކައްކާލާށެވެ. ކެކެން ފެށުމުން އޭގެ ތެރެއަށް ރަހަ ހެޔޮވަރުކޮށްލުމަށްޓަކައި ކުޑަ އިނގުރުކޮޅެއް ކުދިކޮށް ކޮށާލާފައި އަޅާށެވެ. އަދި ކޮށާލާފައި ހުރި މަޝްރޫމްކޮޅުވެސް އޭގެ ތެރެއަށް އެއްކޮށްލާށެވެ.

ބީފް ޓަޓާކީ ތައްޔާރުކުރާނޭގޮތް--

ސޯސްކޮޅު ތައްޔާރުވުމުން ބަގެޓް ބްރެޑް ދެފަޅިއަށް ފަޅާލުމަށްފަހު ކުޑަކޮށް ހޫނުކޮށްލާށެވެ. އެއަށް ފަހު، އޭގެ އެއްފަޅީގައި ފުރަތަމަ ލޭޔަރެއްގެ ގޮތުގައި ތައްޔާރުކުރި ސޯސްކޮޅުން ބައެއް އަޅާށެވެ. ދެން އޭގެ މަތިން ބީފް ލޭޔަރެއް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް، ބާކީހުރި ސޯސްކޮޅު މަޝްރޫމްކޮޅާއެކު ބީފް ލޭޔަރުގެ މަތީން އަތުރާލާށެވެ. އެއަށްފަހު ބްރެޑްގެ އަނެއްފަޅި އޭގެ މަތީގައި ބާއްވާލުމުން ބީފް ޓަޓާކީ ތައްޔާރުކުރެވުނީއެވެ.

ބީފް ޓަޓާކީ ތައްޔާރުކުރާނޭގޮތް--

ބީފް ޓަޓާކީއަކީވެސް ސޭންޑްވިޗެއްކަމުން އެއާއެކު، އިންސާފުކުރުމަށް ފްރެންޗް ފްރައިޒްކޮޅެއް ތައްޔާރުކޮށްލުމުން މި ޑިޝް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ބީފް ޓަޓާކީ ތައްޔާރުކުރާނޭގޮތް--

މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެކެވެ.