މާލޭގައި ހުންނަ ފެމެލީ ކޯޓު ފަޅާލައި އެތަނަށް ބަޔަކު ވަދެ ގެއްލުންތަކެއް ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:30 ހާއިރު ފެމެލީ ކޯޓު ފަޅާލިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ހެންވޭރު ސެނަހިޔާ ކައިރީ ހުންނަ ފެމެލީ ކޯޓު ތެރެއަށް ވަން މީހުން އެތަނުން ބައެއް ތަކެތި ގެންދިޔަކަމަށްވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެއްޗެއް ގެންދިޔަކަން އިނގޭނަމަ ތަހުގީގަށްފަހު ފުލުހުން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. ކޯޓުގެ ތެރެއަށް އެ މީހުން ވަނީ ކިހިނެއް ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުންދިނުން ވަނީ އާންމުވެފަ އެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަން އިމާރާތައް ގެއްލުން ދީފައިވާ އިރު ދާދިފަހުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ހުރި ތިޖޫރީއެއް ފަޅާލައި ފައިސާތައް ވެސް ވަނީ ވަގަށް ނަގާފަ އެވެ.