13 Jul 2011, 17:06
ކެޕްޓަން ސެކް ފެބްރިގާސް އާއި ސާމިރް ނަސްރީ އާސެނަލްގައި މަޑުކޮށްފިނަމަ އަންނަ ސީޒަންގެ ކާމިޔާބު ޓީމަކަށް އާސެނަލް ވެގެން ދާނެކަމަށް އެ ކްލަބަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާން މިޑްފީލްޑަރު ޖެކް ވިލްސެޔާ ބުނެފި އެވެ. ވިލިޝެޔާވަނީ އާސެނަލްއަށް ތެދުވެރިވުމަށް ގޮވާލާފަ އެވެ.
"ތެދުވެރިކަމަކީ ފުޓްބޯޅައިގެ ވަރަށް ބޮޑު ބައެއް. އޭގެން ތިމާ މީހާގެ އަސްލު ސިފަ ބަޔާންކޮށްދޭނެ. އަހަރެން ހަމަ ގައިމުވެސް އާސެނަލްއަށް ތެދުވެރިވާނަން. މީގެ ކުރިންވެސް އެހެން ކުޅުންތެރިން ތެދުވެރިކަން ދައްކައިދިން. މިދިޔަ އަހަރު ފެބްރިގާސް އެ ތެދުވެރިކަން އާސެނަލްއަށް ދައިކައިދިން. މިއަހަރުވެސް ކުޅުންތެރިންގެ ފަރާތުން އެތެދުވެރިކަން ދައްކާނަމަ އަހަރެމެންނަށް ކާމިޔާބީތަކެއް ލިބޭނެ." ވިލްޝެޔާ އިތުރަށް ބުންޏެވެ.
ބައެއް މީޑިޔާތަކަށް ވިލްޝެޔާ ދެއްކި ވާހަކަ އޮޅިދާނެތީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓްގައި ވެސް މިކަމާއި ބެހޭގޮތުން ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައި ވެއެވެ.
"އަދި އަހަރެން އެއްވެސް ނޫހެއް ނުކިޔަން. އަހަރެން ހަގީގަތުގައި ބުނެފައިވާނީ މިދިޔަ އަހަރު ފެބްރިގާސް އެތެދުވެރިކަން އާސެނަލްއަށް ދައިކައިދިން ކަމަށާއި އެކަމުން އެނގެނީ ފެބްރިގާސްއަކީ އާސެނަލްއަށް ބަތޮލެއް. އޭގެ އިތުރުން އަހަރެންވާނެ އަކަން އެހެން ކުޅުންތެރިންވެސް ދައްކައިދިނުމަށް އެދިފަ. ފެބްރިގާސްއަކީ އަހަރެންނަށް ނަމޫނާއެއް. އެހެންކަމުން އަހަރެން އޭނާގެ ކެރިޔަރުގައި ނިންމާ ނިންމުންތައް ވަރަށް ގާތުން ބަލާނަން." ވިލްޝެޔަރ ޓްވިޓަރގައި ލިޔެފައިވެއެވެ.
ޖެކް ވިލްޝެޔާއަކީ 2001 ވަނަ އަހަރުން ފެށިގެން އާސެނަލް ޓިމަށް ކުޅެމުންއައި ކުޅުންތެރިއެކެވެ. އާސެނަލްގެ ޔޫތު ޓީމަށް ހަތް އަހަރު ކުޅެފައިވާއިރު ސީނިއާ ޓިމަށް ތިން އަހަރު ކުޅެފައިވެއެވެ. ވިލްޝެޔާ އާސެނަލްއާއި ގުޅުނީ އުމުރުން އެންމެ ނުވަ އަހަރުގައެވެ.