02 Jun 2017, 10:41
ސަން ބަދިގޭގައި މިއަދު ތައްޔާރުކޮށްލާނީ، އިޓާލިއަން ޑިޝްއެއް ކަމަށްވާ، މެންގޯ ޕެނަކޮށްޓާއެވެ.
ބޭނުންވާ ތަކެތި:
- 1/3 ޖޯޑު ސްކިމްޑް މިލްކް
- 1 ސައި ސަމުސާ ޖެލަޓިން ޕައުޑަރު
- 1/2 2 ޖޯޑު ހެވީކްރީމް
- 1/2 ޖޯޑު ހަކުރު
- 1 ސައި ސަމުސާ ވެނީލާ އެސެންސް
- 2 މޭޒުމަތީ ސައިސަމުސާ ކާށި ކިރު
- 2 ދޮން އަނބު
- 1 ސައި ސަމްސާ ލުނބޯހުތް
ތައްޔާރުކުރާނޭ ގޮތް
ކައްކަން ބޭނުންކުރާ، ތަވާ ނުވަތަ ތެލި އުނދުން މަތީ ބެހެއްޓުމަށްފަހު އޭގެ ތެރެއަށް، ކާށި ކިރު، ސްކިމްޑް މިލްކް، ހަކުރު، އަދި ވެނީލާ އެސެންސް އެއްކޮށްލާށެވެ.

މެންގޯ ޕެނަކޮށްޓާ ތައްޔާރުކުރާނޭ ގޮތް--
އެއަށްފަހު ރަނގަޅަށް މިކްސްކޮށްލާފައި ހަކުރުކޮޅު ވިރެންދެން ކައްކާލާށެވެ. އަދި އޭގެ ތެރެއަށް ލުނބޯ ހުތްކޮޅުވެސް އެއްކޮށްލާށެވެ.

މެންގޯ ޕެނަކޮށްޓާ ތައްޔާރުކުރާނޭ ގޮތް--
ދެން އަނބު ދެފަޅިކޮށްލާފައި، ސަމްސަލަކުން އަނބު ރީތިކޮށް ކަހާލާފައި ތަވާގެ ތެރެއަށް އެއްކޮށްލާށެވެ. ދެން ކުރިން މިކްސްކުރި ބަޔާއެކު އަނބުކޮޅުވެސް ރަނގަޅަށް މިކްސް ކޮށްލާފައި ކެކެން ފެށުމުން އޭގެ ތެރެއަށް ޖެލަޓިން ޕައުޑަރު އެއްކޮށްލާށެވެ. މިހާރު އެހެރީ މެންގޯ ޕެނަކޮށްޓާ ތައްޔާރުވެފައެވެ.

މެންގޯ ޕެނަކޮށްޓާ ތައްޔާރުކުރާނޭ ގޮތް--
މެންގޯ ޕެނަކޮށްޓާ އަކީ ފިނިކޮށްގެން ކާ ޑިޝްއަކަށް ވާތީ، ޖޯޑަކަށް ނުވަތަ ބިއްލޫރި ތައްޓަކަށް އަޅާފައި އައިސް އަލަމާރިއަށްލާށެވެ.

މެންގޯ ޕެނަކޮށްޓާ ތައްޔާރުކުރާނޭ ގޮތް--
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ޑިޝްއެކެވެ.