ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެކުލަވައިލައްވައިފި އެވެ.

އެބޯޑުގެ ޗެއާމަނަކަށް ރައީސް ހަމަޖައްސަވާފައި ވަނީ، ގ.ރަންގިރީގޭ އިސްމާޢީލް ވާފިރެވެ. އަދި މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ، ހ.ދިވެހިގޭ އަހުމަދު ފަޔާޒު ޝަރީފެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ލ. ފޮނަދޫ ބިލެތްކަފާގޭ މުހަންމަދު ޢަޒީމާއި، ލ. އިސްދޫ ޔެލޯލައިޓް މޫސާ ޚަލީލާއި، ލ.ގަން، ތުނޑި ނިމެރި ހަސަން ޒަކީ އެވެ.