16 May 2010, 10:36
14:30
ރާއްޖެ ކައިރީގައި އޮތް އީރާނުގެ މަސްބޯޓަކުން ކާނާ އާއި ފެނާއި ތެޔޮ ހުސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްގާޑެއް ފުރުވާލައިފި އެވެ.
އެމްއެންޑީއެފްގެ މޭޖަރ އަބުދުލް ރަހީމް މިއަދު ވިދާޅުވީ އެންމެ ފަހުން މައުލޫމާތު ލިބުނުއިރު އެ ބޯޓު އޮތީ ހުވަދު އަތޮޅާ ދިމާލު ހުޅަނގުން ގާތްގަނޑަކަށް 90 މޭލު ބޭރުގައި ކަމަށެވެ. އަދި ކާބޯ ތަކެއްޗާއި ފެނާއި ތެޔޮ ހިފައިގެން ކޯސްޓްގާޑެއް އެ ހިސާބަށް ދަތުރުކުރަމުންދާ ކަމަށް ވެސް އަބުދުލް ރަހީމު ވިދާޅުވި އެވެ.