ބޮލީވުޑްގެ ސުޕަ ސްޓާރުން ކަމުގައިވާ ކާޖޮލް އާއި އަޖޭ ދޭވްގަން ޗުއްޓީ ހޭދަކޮށްލުމަށް އާއިލާ ގޮވައިގެން ރާއްޖެ އަތުވެއްޖެ އެވެ.

ޗުއްޓީ ހޭދަކޮށްލަން އަޖޭއާއި ކާޖޮލް ރާއްކެ އައިސްފައި ވަނީ އެ ތަރިންގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިން ކަމުގައިވާ ނައިސާ އަދި ޔުގް އާއެކު އެވެ. އެ މީހުންނާ އެކު ޗުއްޓީ ހޭދަ ކުރަމުން ދަނީ ސޮނޭވާ ޖާނީ ރިސޯޓުގަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު އެ ދެ ތަރިން ވެސް ވަނީ އިންސްޓާގްރާމް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ. އިއްޔެގެ ވަގުތެއްގައި ކާޖޮލް އިންސްޓަގްރާމް ކުރި ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައި ވަނީ "ސާފު ޖައްވުން ސިކުނޑި ތާޒާވެއްޖެ" ކަމަށެވެ. އިއްޔެގެ އިރު އޮއްސުނު ވަގުތު ނަގާފައިވާ އެ ފޮޓޯގައި ކާޖޮލް ހުންނަނީ އިރު އޮއްސޭ މަންޒަރު ބަލަހައްޓައިގެންނެވެ.

clear skies, clear mind

A post shared by Kajol Devgan (@kajol) on

ކާޖޮލްގެ އިތުރުން އަޖޭވެސް ވަނީ އާއިލާގެ ފޮޓޯއެއް ޕޯސްޓުކޮށް "ވިޓަމިން އެފް"ގެ ގޮތުގައި އާއިލާ ސިފަކޮށްފަ އެވެ.