މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަަމަށް މޫސުމާ ބެހޭ އިދާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދަށް ލަފާކޮށް އާންމުކޮށްފައިވާ މޫސުމަށް ބަލާއިރު ރާއްޖެގެ އެކި ހިސާބަށް މިއަދު ވިއްސާރަ ކުރާނެ އެވެ. އަދިބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

މިއަދުގެ މޫސުން

  • ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށްވާރޭވެހުން އެކަށީގެންވޭ
  • ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ކެރީގެ އަސަރުފޯރާނެ
  • މެދުތެރޭ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުންް ގަޑިއަކު 13 މޭލާއި23މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
  • އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ

މެޓް އޮފީހުން ބުނީ މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ. މިވިއްސާރާގައި ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމަސްކޮށްފަ އެވެ.