ސަން ބަދިގޭގައި މިއަދު ތައްޔަރުކޮށްލާނީ ފޮނި ކާއެއްޗެކެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ، އަދި ގިނަ ބަޔަކަށް ކަމުދާނެ ބާވަތެއް ކަމަށްވާ ޗޮކްލެޓް ޕުޑިންއެވެ.

ބޭނުންވާ ތަކެތި:

  • 2/3 ޖޯޑު ހަކުރު
  • 1/4 ޖޯޑު ކޮކޯ ޕައުޑަރު
  • 3 މޭޒުމަތީ ސަމްސާ ކޯންސްޓާޗް
  • 1/4 މޭޒުމަތީ ސަމްސާ ލޮނު
  • 1/4 2 ޖޯޑު ގެރިކިރު
  • 2 މޭޒުމަތީ ސަމްސާ ބަޓަރު
  • 1 ސަމްސާ ވެނީލާ އެސެންސް
  • ދެ ޖޯޑު ފެން

ޗޮކްލެޓް ޕުޑިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި --

ފުރަތަމަ ދެ ޖޯޑު ފެން ތަވަލުގެ ތެރެއަށް އަޅާލާފައި އެ ހޫނުވުމުން، އޭގެ ތެރެއަށް ކޯންސްޓަރޗް ނުވަތަ ކަސްޓަޑް ޕައުޑަރު، ވެނީލާ އެސެންސް، ލޮނު އަދި ބަޑުރުކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާނީ. އެއަށްފަހު އޭގެ ތެރެއަށް ކޮކޯ ޕައުޑަރު އަޅާފައި އެއްކޮށްލާނީ.

ޗޮކްލެޓް ޕުޑިން ތައްޔާރުކުރާނޭ ގޮތް--

ދެން މިކްސްކުރި ތަކެތި ރަނގަޅަށް އޮލަވަންދެން ކައްކާނީ. ކައްކަމުންދާއިރު ވެސް ވިސްކަކުން ރަނގަޅަށް ހަލަމުން ގެންދާނީ. ބޭނުމަކީ އޮލަވަމުން ދާއިރު ގަނޑުގަނޑަށް އެތިއެތިކޮޅު ހުރެއްޖެ ނަމަ، ބައެއް ތަންތަންކޮޅު ރޯނުފިލާ ހުރެދާނެތީ. ރަނގަޅަށް އޮލަވީމަ، އޭގެ ތެރެއަށް ގެރިކިރު އަޅާނީ.

ޗޮކްލެޓް ޕުޑިން ތައްޔާރުކުރާނޭ ގޮތް--

ގެރިކިރު އެޅުމަށްފަހު އެހާ ގިނައިރަކު ނުކައްކާނެ. ރަނގަޅަށް މިކްސްކޮށްލާފައި ހޫނުވުމުން ތަވާ އުނދުންމަތިން ބާލާނީ. އެއަށްފަހު ތަށްޓަކަށް އަޅާފައި، ގާނެޝް ކޮށްލުމަށް އޭގެ މައްޗަށް ރޯސްޓެޑް ކެޝޫނަޓްސް ކޮޅެއް އަޅާލާނީ.

ޗޮކްލެޓް ޕުޑިން ތައްޔާރުކުރާނޭ ގޮތް--

ޗޮކްލެޓް ޕުޑިން އަކީ، ކޮންމެވެސް ވަރަކަށް ހޫނުކޮށް ބަހައްޓައިގެންވެސް އަދި ފިނިކޮށްގެންވެސް ބޭނުންކުރެވިދާނެ އެއްޗެއް. ގިނަ ބޭފުޅުންނަށް ކަމުދާނޭ ކަމަށް ބެލެވެނީ ފިނިކޮށްލުމުން.