30 May 2017, 23:10
އަންނަ މަހުގެ 13 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅާށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވުމަށް، އަލަށް އެކުލަވާލީ ސްކޮޑާ އެކު ރޭ ފަރިތަކުރުންތައް ފަށައިފިއެވެ.
މީގެ ކުރިން ރާއްޖޭން މި މުބާރަތުގެ މެޗެއް އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެމެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ރާއްޖެ، ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައިވަނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.
މި ފަހަރުގެ ދެ މެޗުގައި ކުޅޭނެ ގައުމީ ސްކޮޑް މިހާރުވަނީ އިއުލާންކޮށްފައެވެ.
ގައުމީ ކޯޗު ޑެރަން ސްޓެވާޓް ނެގި 27 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އަށް ކުޅުންތެރިޔަކާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ތިން ކުޅުންތެރިޔަކާއި، ކްލަބު ވެލެންސިއާގެ ދެ ކުޅުންތެރިޔަކާއި، ކްލަބު އީގަލްސްގެ ހަތަރު ކުޅުންތެރިޔަކާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި، ނިއު ރޭޑިއަންޓްގެ ހަ ކުޅުންތެރިއެއް އަދި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިއެކެވެ.
ރޭ ފެށި ފަރިތަކުރުން ތަކުގައި މާޒިޔާ ކުޅުންތެރިން ބައިވެރިވެފައިނުވާއިރު އެކުޅުންތެރިން މި ވަގުތު ތިބީ މާދަމާ ކުޅޭ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވާދަކުރުމަށް އިންޑިއާގެ ބެންގަލޫރުގައެވެ.
އަފްޣާނިސްތާން އަދި ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:
މާޒިޔާ
އަމްދާން އަލީ (އެންޑީ)
- މުހައްމަދު އިރުފާން (އިރޭ)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަޝްއަދު އަލީ (އަޑުބަރޭ)
- މުހައްމަދު އުމައިރު
- ހުސައިން ޝަރީފް – ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓޭ)
- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ޓީސީ
މުހައްމަދު އައްޒާމް
- ހަސަން ނާއިޒް (ދާދު)
- އިބްރާހިމް ވަހީދު ހަސަން
ކްލަބު ވެލެންސިއާ
ޝާފިއު އަހްމަދު (ޝާފީ)
- މުހައްމަދު ފައިސަލް – ގޯލްކީޕަރު
އީގަލްސް
އިމްރާން ނަޝީދު
- މުހައްމަދު ޝަފީއު (ޗެކް) – ގޯލްކީޕަރު
- އަހްމަދު ރިޒުވާން
- އަހްމަދު ޒާދު
ވިކްޓަރީ
މުހައްމަދު އިމްރާން – ގޯލްކީޕަރު
- އިސްމާއިލް އީސާ (މެސީ)
ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު (ހަމްޕު)
- މުހައްމަދު ރަޝީދު (ހޮކޭ)
- އަލީ ފާސިރު (ސެންޓޭ)
- އަހްމަދު އަބްދުﷲ (ލިލީ)
- އަކްރަމް އަބްދުލްޤަނީ (އަކޫ)
- އަބްދުﷲ ޒިމާމް – ގޯލްކީޕަރު
ގްރީން ސްޓްރީޓްސް
މުހައްމަދު ސާއިފް
- އަހްމަދު ރަޝީދު (އައްމަޑޭ)