އެޗްއައިވީ ނުވަތަ އެއިޑްސް އާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އިނާމަކީ ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) ގެ ފަރާތުން އެޗް.އައި.ވީ/އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ގެޒެޓުގައި ހެލްތު މިނިސްޓްރީން ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ އިނާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 13 ޖުލައި 2017 ގެ ކުރިން ސާކް ޓިއުބަރކްލޯސިސް އެންޑް އެޗް.އައި.ވީ/އެއިޑްސް ސެންޓަރ (ސްޓެކް) އެޑްރެސްކޮށް މި މިނިސްޓްރީ ފޮނުއްވުން އެދޭ ކަމަށެވެ.

އިނާމާ ބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމްwww.saarctb.orgއިން ނުވަތަ 3014472 ފޯނަށް ގުޅުމުން ލިބޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.