29 May 2017, 10:13
ބޭނުންވާ ތަކެތި:
- 300 ގްރާމް ކަލަމާރީ ރިންގްސް
- 2 ބިސް
- 100 ގްރާމް ބްރެޑް ކްރަމްބް
- 50 ގްރާމް ފުށް
ގާލިކް އަޔޯލީ ހެދުމަށް
100 ގްރާމް ލޮނުމެދު
- 100 ގްރާމް މަޔޮނައިޒް
- 250 އެމްއެލް ދިޔާ ކިރު
- 5 އެމްއެލް ލުނބޯ ހުތް

ކްރިސްޕީ ކަލަމާރީ އާއި ގާލިކް އަޔޯލީ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި --
ތައްޔާރުކުރާނޭ ގޮތް
ކަލަމާރީ (ކަޓްލް ފިޝް ނުވަތަ ސްކުއިޑް) ފްރައިކުރުމަށް ޓަކައި ފުރަތަމަ މެރިނޭޓް ކޮށްލާނީ. އެގޮތުން ހެޔޮވަރުވަރަކަށް ލޮނުކޮޅެއް އަދި މުގުރާފައި ހުރި އަސޭމިރުސްކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާނީ. އެއަށް ފަހު، ކަލަމާރީގައި ރަނގަޅަށް އާދައިގެ ފުށް އުނގުޅާލާނީ. ދެން ދެ ކުކުޅުބިސް ޖޯޑެއްގެ ތެރެއަށް އަޅައި މިކްސްކޮށްލުމަށް ފަހު އެއަށް ކަލަމާރީ ލާފައި ނެގުމަށް ފަހު ބްރެޑްކްރަމް ނުވަތަ ފާރޮށި ކުނޑި ރަނގަޅަށް އުނގުޅާލާނީ (ކަޓްލެޓްސް ހަދާގޮތަށް).
އެއަށް ފަހު، ކަލަމާރީތައް 2-3 މިނިޓް ވަންދެން ތެލުލާނީ. މަޑު ބްރައުން ކުލައެއް އަރަންދެން ތެލުލުމުން އެހެރީ ކަލަމާރީ ތައްޔާރުކުރެވިފައި.
ގާލިކް އަޔޯލީ ތައްޔާރުކުރުމަށްޓަކައި، ލޮނުމެދު، މަޔޮނައިޒް، ދިޔާކިރު އަދި ލުނބޯހުތް ބޯތައްޓަކަށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާނީ. އަދި ކެއުމުގެ ކުރީން 30 ވަރަކަށް މިނިޓްވަންދެން ރެފްރިޖަރޭޓްކޮށްލާނީ.