ތިން މިނިސްޓްރީއަކަށް ޕާމަންންޓް ސެކްރެޓަރީ އިން ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަކިވަކިން މިއަދު ކޮށްފައިވާ އިއުލާނުގައި ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށް އިއުލާންކޮށްފައި ވަނީ ޔޫތު މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް އެފެއާޒު މިނިސްޓްރީއަށެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ ވަނަވަރުތައް ބަޔާންކޮށް، އެ ތިން މަގާމަށް ކުރިމަތި ލުމުގެ މުއްދަތަކީ އަންނަ ޖޫން މަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕާމަންޓް ސެކްރެޓަރީއެއްގެ މުސާރައަކީ ލިވިން އެލަވަންސާ އެކު މަހަކު 35،500 ރުފިޔާ އެވެ.