28 May 2017, 15:28
ޓްރާންސްޕޯޓް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކެއް ދ. އަތޮޅުން ދޭން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދާ ހިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ ގޮތުން ދ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޑަހުވަދޫގައި އެ ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ހިދުމަތް އެ އަތޮޅުގައި އިފްތިތާހް އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ. އަދި ރަސްމިއްޔާތުގައި ހިދުމަތް ތައާރަފް ކޮށްދިނުމުގެ އެއްބަސްވުމުގައި ދ. އަތޮޅު ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ދ. އަތޮޅުގައި އިއްޔެ ފެށި އެ ހިދުމަތްތަކުގެ ތެރޭގައި ޓްރާސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ކަނޑާއި އެއްގަމުގެ ރަޖިސްޓްރީއާ ލައިސެންސްގެ އިތުރުން ޕްރިންޓްކުރުމުގެ ހިދުމަތް ވެސް ލިބިގެންދާނެ އެވެ.
އެގޮތުން އެ ހިދުމަތްތައް ދިނުމަށް އެމްއާރުޑީސީއާ ހަވާލުކޮށްގެން ޒަމާނީ ފެންވަރުގެ އަދި ޖާގައިގެ ގޮތުން ތަނަވަސް ޑްރައިވިންގް ޓްރެކެއް ވަނީ ގާއިމްކޮށްފައެވެ.
ލާމަރުކަޒީ އުސޫލުން ޓްރާންސްޕޯޓް އޮތޯރިޓީން ދެއްވަމުންދާ މައިގަނޑު ހުރިހާ ހިދުމަތެއް އަތޮޅު ތެރެއަށް ފުޅާކުރެއްވުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދ. އަތޮޅުށް އެ އޮތޯރިޓީގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭ ފަސްބައިކުޅަ ހަތަރުބަޔަށް އެ ހިދުމަތް މިހާރު ވަނީ ތައާރަފް ކޮށްފަ އެވެ.