15:46 އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސާ ބައްދަލު ކުރައްވަން މުލިއާގެއަށް ވަޑައިގެންފި

15:42 އެއްވުން ނިންމާލައިފި. އެމްޑީޕީ މީހުން ބޭނުންވާ ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމުން އެކަމާ އެއްވެ ތިބި މީހުން ވަނީ އުފާ ފާޅުކޮށްފަ އެވެ.

14:07 ޖަލްސާ ފަށައިގެން އަނެއްކާވެސް ކުރިޔަށް އެބަދެ އެވެ.

14:01 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެލިދޫ ދާއިރާގެ އަލީ މުހައްމަދުގެ ރިޔާސަތުގެ ދަށުން ކުރިއަށް ގެންގޮސް 15 މިނިޓްގެ އިންޓަވަލަކަށް މެދުކަނޑާލައިފި އެވެ.
ދޭތެރެ ދޭތެރެއިން ޖަލްސާ ހޫނުވި ނަމަވެސް އަލީ މުހައްމަދުގެ ރިޔާސަތުގައި ޖަލްސާ ކުރިއަށް ދިއުމުގައި މާބޮޑު މައްސަލައެއް ދިމައެއް ނުވެ އެވެ.
އިންޓަވަލަށް މެދުކަނޑައިލީރު މަޖިލީހުގައި ބަހުސްކުރަމުން ދަނީ ސަރުކާރުން ހުށަހަޅާފައިވާ ޓެސް ނެގުމުގެ ބިލަށެވެ.


2:27 މަޖިލީހުގެ ޖަލްސާ މިހާރު ކުރިޔަށް އެބަދެ އެވެ. ޖަލްސާއިން ވިލިމާފަންނު ދާއިރާގެ މެންބަރު ނިހާން ވަނީ އަމިއްލަ ފުޅަށް ނުކުމެ ވަޑައިގެންފަ އެވެ. ނަން އިއްވެވުމުން އޭނާ އަމިއްލަ ފުޅަށް ނުކުމެ ވަޑައިގަތީ މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ސިފައިން ވައްދަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފަ އެވެ.

12:45 އަލީ އާރިފުވެސް ސިފައިން ވަދެ އުރާލައިގެން ނެރެފި އެވެ.

12:27 އިލްހާމް ޗެމްބަރުން ނެރުމަށް ފަހު މަޖިލިސް ފަށައިގެން ކުރިޔަށް ދަނިކޮށް އަލީ އާރިފު ރިޔާސަތަށް ހުރަސް އެޅުމުން ނަން އިއްވައި މަޖިލިސް މެދު ކަނޑާލައިފި. ކުޑައިރުކޮޅެއްގެ ތެރޭގައި އާރިފުވެސް ނެރޭނެ.

http://www.youtube.com/watch?v=xi5rOmxoiPk&feature=youtube_gdata_player

12:14 ސިފައިން ވަދެ އިލްހާމް އުރާލައިގެން މަޖިލީހުގެ ޗެމްބަރުން ނެރެފި.

12:11 މިވަގުތު ވާރޭ ވެހެމުންދާތީ މުޒާހަރާ ކުރުން ވަނީ ހުއްޓިފައި

11:54 އިލްހާމް މަޖިލީހުން ނެރުމަށް މަޖިލިސް އަނެއްކާވެސް މެދު ކަނޑައިލައިފި. ސިޓީ ކައުންސިލުން މައުމޫންގެ ކިބިގަސްދޮށުގެ ސިޓީ ކައުންސިލަށް ނަގާއިރު ބަދަލު ދިނުމަށް ވެސް ވަނީ ނިންމާފައި.

11:42 މަޖިލީސް ދެވަނަ ފަހަރަށް ފަށައިގެން ކުރިޔަށް ގޮސް އިލްހާމްގެ ނަން އިއްވައިފި.

11:28 ކުރީގެ ރައީސް މައުމޫންގެ ގެކޮޅު. މއ. ކިނިބިގަސްދޮށުގެ މާލޭ ސިޓީ ކައުންސިލަށް ނެގުމަށް ސިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމުން ދެންމެ ނިންމައިފި. މި މައްސަލަ ހުށަހެޅީ މެންބަރު ޖަންބު ހަސަން އަފީފު.

11:28 މަޖިލިސް ކުރިމަތީގައި ފަތުރާގައިވާ ރަތްދޫލައިގެ މައްޗަށް މާލެ ސިޓީ ކައުންސިލްގެ ހުރިހާ އިދާރީ މުވައްޒަފުން ވެސް ގެނެސްފައި އެބަތިބި

http://www.youtube.com/watch?v=Ofko3SEVa8Q&feature=youtube_gdata_player

11:26 ކައުންސިލުގެ ޖަލްސާގައި ޑީއާރްޕީއަށް ނިސްބަތްވާ ދެ މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވާ. މިވަގުތު ބަހުސް ކުރަމުންދަނީ މަޖިލީހުގެ މައްސަލައާއ މަޖިލިސް ކައިރީގައު ކުރާ މުޒާހަރާތަކާބެހޭ ގޮތުން

11:23 ސިޓީ ކައުންސިލުގެ ބައްދަލުވުމެއް މަޖިލިސް އިދާރާގެ ދޮރުމަތީގައި ރަތްދޫލަ އަޅައިގެން ފަށައިފި. ރިޔާސަތު ބަލަހައްޓަވަނީ ސަރަނގު އާދަމް މަނިކު

11:11 މަހުލޫފު ވަނީ އަލީ ވަހީދުގެ ގައިގައި ޖަހާފައި. އޭނާ ވިދާޅުވީ އަލީ ވަހީދަށް ހަމަލާ ދިނީ އަލީ ވަހީދު އޭނާގެ ގަޔަށް ކުޅުޖެހުމުން ކަމަށް

11:09 މަޖިލީހުގެ އިދާރާގެ ތަޅުމުން މަހުލޫފު ނެރެފައި ވަނިކޮށް މަހުލޫފާއި އަލީވަހީދާ މެދު ހަމަނުޖެހުމެއް ވަނީ ހިނގާފައި

11:01 އެއްވެފައި މީހުން ދުރަށް ދިއުމަށް އެދި ފުލުހުންގެ ސްޓާފޯސް އިން އިންޒާރު ކުރަން ފަށާއިފި. ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނަމުން އެބަދޭ.

11:01 މަހުލޫފު ތަޅުމުން ނެރުމާއެކު މަޖިލީހުގެ ޖަލްސާ ވަރަށް އަވަހަށް ފަށާނެ ކަމަށް މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ހަވާލާދީ ސަންގެ ނޫސްވެރިޔާ ދެންމެ ބުންޏެވެ.

10:59 މަހުލޫފު ވިދާޅުވީ ސިފައިން އޭނާ ތަޅުމުން ނެރުނީ ފުރިހަމަ ބަރާއެކު އުރާލައިގެން ކަމަށެވެ. މަޖިލިސް ކުރާ ގެގެ ސަރަހައްދުގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ސަރުކާރުގެ އިސްވެރިން މުޒާހަރާ ކުރަމުންދާއިރު ޒެޑްފެކްޝަނުގެ އެކްޓިވިސްޓުން ވެސް ދަނީ އެއްވެސް ހަޅުތާލު ކުރަމުންނެވެ.

10:55 ފުލުހުންގެ ފުރިހަމަ ބާރާއެކު މަހުލޫފު ތަޅުމުން ނެރެފި

http://www.youtube.com/watch?v=Cqql79BnVc0&feature=youtube_gdata_player

10:44 ފުލުހުންގެ ރަޔަޓް ފުލުންގެ ފައުޖުތައް މަޖިލިސް ކުރާ ގޭ ދޮށުގައި އެތުރި ތައްޔާރީ ހާލަތަކަށް އަތުވެއްޖެ

10:29 އެއްވެފައިވާ މީހުނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފެށުމުން ޕެޕާ ސްޕްރޭ ޖަހައިފި. އެތަނުން ދެމީހަކު ވެސް ހައްޔަރުކޮށްފި

10:23 މަޖިލީހުގެ ތަޅުމުގެ ދޮރުތައް ގައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށަށް ގެންގޮސް ފޯރި މަރަން ފަށައިފި

10:16 މަޖިލިސް ކުރާ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުގެ މެންބަރު އަދި ރައީސްގެ އިންފްރާސްޓްރަކްޗާ އެންވޯއީ ސަރަނގު އާދަމް މަނިކާއި ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރާއި ޓްރާންސްޕޯޓް މިނިސްޓަރު އާދިލުވެ އެބަ އުޅުއްވަވަވާ.

10:14 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހްލޫފުގެ ގޮނޑި ކޮޅުގައި އިންނަވައި ދެންމެއަކު ސަންއަށް މައުލޫމާތު ދެއްވަމުން މަހްލޫފު ވިދާޅުވީ، ސިފައިންނާއެކު މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވަޑައިގެން ޖަލްސާއިން ނިކުންނެވުމަށް މަހްލޫފަށް ދަންނަވާފައިވާކަމަށެވެ. ނަމަވެސް ގަވާއިދާ އެއްގޮތަށް ޖަލްސާ ކުރިއަށް ނުގެންދަވަނީސް ޖަލްސާއިން ނުނިކުންނަވާނެ ކަމަށް އެ ބޭފުޅުންނަށް ޖަވާބު ދެއްވާފައިވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

9:36 މަޖިލިސް މެދު ކަނޑައިލީ މަޖިލީހުގެ ތަޅުމުން މަހުލޫފު ނެރުމަށްޓަކަ އެވެ. ޖަލްސާ މެދުކަނޑައިލައްވަމުން ރިޔާސަތުން ބުނެފައި ވަނީ ނަން އިއްވާ މެންބަރުންގެ ނެރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ބާރު ލިބޭ ކަމަށް. ވަރަށް އަވަހަށް ސިފައިން މަހުލޫފު ތަޅުމުން ނެރޭނެ ކަމަށް ބުނޭ. މަޖިލިސް ކުރާ ގޭގެ ވަށައިގެންވާ ސަރަހައްދު ވަނީ ސަލާމަތީ ބަރުތަކުން ބަންދުކޮށްފައި.

މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިގެން ގިނަ އިރު ނުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ ނަން އިއްވައިފި އެވެ. މިހާރު ވަނީ ޖަލްސާ މެދު ކަނޑާލައިފަ އެވެ.