27 May 2017, 10:23
އެކްސް މެންގެ ނަމުގައި މާވެލް ކޮމިކްސްގެ ކޮމިކްތަކަށް ދެހާސް ވަނަ އަހަރުން ފެށިގެން އުފައްދައި ނެރެމުން އަންނަ ސުޕަހީރޯ ފިލްމު އެކްސް މެން އަކީ އާދައިގެ އިންސާނުންނާ ޚިލާފަށް ހާއްސަ ބާރުތަކެއް ލިބިފައިވާ އިންސާނުންތަކެއް ނުވަތަ މިއުޓަންޓްސް ތަކެއް އުޅޭ ފިލްމެކެވެ.
އެގޮތުން މިހާތަނަށް ނެރުނު އެކްސް މެންގެ ފިލްމު ތަކުގައިވެސް ގެނެސްދީފައިވަނީ މެގްނީޓޯ އަދި ޕްރޮފެސަރު ޒަވިއާގެ އެކްސް މެން ގްރޫޕްއާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ނުވަތަ ހާއްސަ ބާރުތަކެއް ލިބިގެންވާ މީހުން ނައްތާލުމަށް ނޫނީ ހިފާ ހައްޔަރުކުރުމަށް އާދައިގެ އިންސާނުންގެ ތެރެއިން ބަޔަކު ކުރާ މަސައްކަތްތަކެކެވެ.
ނަމަވެސް ކުރިއަށް ރިލީޒް ކުރަން ހަމަޖެހިފައި އޮތް އެކްސް-މެންގެ ސްޕިންއޮފް ފިލްމު، "ދަ ނިއު މިއުޓަންސް" ތައްޔާރުކުރަނީ ތަފާތު ސްޓައިލަކަށެވެ.
ފިލްމާ ގުޅޭގޮތުން އެންޓަޓައިންމަންޓް ވީކްލީއަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ޖޯޝް ބޫން ބުނީ، "ދަ ނިއު މިއުޓަންޓްސް" ވާނީ ބިރުވެރި ފިލްމަކަށް ކަމަށެވެ. އަދި މިއީ ކުރަން އުޅޭ ވަރަށް ތަފާތު ކަމެއް ކަމަށާއި އެ ފިލްމުގައި އެއްވެސް ކޮސްޓިއުމެއް އަދި ސުޕަވިލަންއެއް ނޫޅޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"ދަ ނިއު މިއުޓަންޓްސް"ގައި މިހާތަނަށް ފެނިގެންދާނެ ދެ ތަރިން ކަމަށްވާ އަންޔާ ޓޭލާ ޖޯއީ (ކ) އަދި މެއިސީ ވިލިއަމްސް އެމީހުން ފެނިގެންދާނެ ކެރެކްޓާއާއެކު ---
ލިބިފައިވާ ބާރުތައް ކޮންޓްރޯލް ކުރަން ދަސްކުރާ ޒުވާން މިއުޓަންޓްސް ތަކެއްގެ މައްޗަށް އުފައްދާ "ދަ ނިއު މިއުޓަންޓްސް"ގައި އެކްސް މޭންގެ ފިކްޝަނަލް ސުޕަހީރޯ ވުލްފްސްބޭންގެ ރޯލުން ގޭމް އޮފް ތްރޯންސްގެ ތަރި މެއިސީ ވިލިއަމްސް ފެނިގެންދާއިރު މެގިކްގެ ރޯލުން ފެނިގެންދާނީ އަންޔާ ޓޭލާ ޖޯއީ އެވެ.
އޭގެ އިތުރުން ޒުވާން މިއުޓަންޓްސްގެ މެންޓޯ، ސިސީލިއާ ރޭސްގެ ރޯލަށް "ޑެއާޑެވިލް"ގެ އެކްޓަރު ރޮސާރިއޯ ޑޯސަން ގެނައުމަށް ދަނީ އޭނާއާއެކު ދަނީ ވާހަކަދެކެވެމުންނެވެ.
"ދަ ނިއު މިއުޓަންޓްސް"ގެ މާ ގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައިނުވި ނަމަވެސް، އެ ފިލްމު ރިލީޒް ކުރަން ޝެޑިއުލް ކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.