26 May 2017, 18:50
މި ފެށޭ ރަމަޟާން މަހު ސްޓެލްކޯއިން ޚިދުމަތް ލިބޭ ވަގުތުތައް ކަނޑައަޅައިފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓު ޚިދުމަތާ ގުޅޭ ކަންކަމާއި، ފައިސާ ބަލައިގަތުމުގެ ކަންކަން ސްޓެލްކޯގެ ކައުންޓަރުތަކުން ކުރިޔަށްދާނީ ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 10:15 އިން މެންދުރު 1:30 އަށް ކަމަށެވެ.
އެހެން ނަމަވެސް ސްޓެލްކޯގެ ބިލަށް ފައިސާ ދެއްކޭ އެހެނިހެން ތަންތަން ހުޅުވާފައި ހުންނަ ވަގުތުތަކުގައި އެތަންތަނުން ފައިދާ ބަލައިގަންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓާ ގުޅޭ އެކްސްޕްރެސް ޚިދުމަތްތައް ރަމަޟަން މަހަށް މެދުކަނޑާލާފައިވާނެ ކަމަށާއި، ޝައްވާލް މަހުގެ ހަތްވަނަ ދުވަހަށްފަހު އެ ޚިދުމަތް އަލުން އިޔާދަކުރާނެ ކަމަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ.