12 Jul 2011, 20:09
ބ. ބިޔާދޫ ކިޔާ ފަޅުރަށެއްގެ ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްގެ އޮފިސަރަކު މިރޭ ވިދާޅުވީ އަށް މީހުންނާ އެކު ބިޔާދޫގެ ބޭރަށް ވެލިނަގަން ދިޔަ އެ ދޯންޏަކީ ބ. ކެމަދޫ ދޯންޏެއް ކަމަށާއި އެދޯނި އަޑިއަށްދިޔައީ ވެލި ބަރުކޮށްގެން ދަނިކޮށް ކަމަށެވެ. އަދި އަޑިއަށްދިޔަ ދޯނީގައި ތިބި މީހުން ކެންދޫ ކައުންސިލް އިދާރާ އިން ފޮނުވި ދޯންޏެއްގެ އެހީގައި ސަލާމަތް ކުރުމަށްފަހު ކެންދޫއަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވެލި ބަރުކޮށްގެން ދިޔަ އެދޯނި އަދިވެސް ވަނީ އެސަރަހައްދަށް އަޑިއަށް ގޮސްފައި ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ އެސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެމްއެންޑީއެފްގެ ޑައިވިން ޓީމެއް އެސަރަހައްދަށް ދިއުމަށްޓަކައި ފުރާފައިވާ ކަމަށެވެ. އެ ދޯނި އޮތީ ވަރަށް އަޑީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ދޯނި ނެގުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ބެލެވެނީ މާދަމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.