25 May 2017, 22:56
މާލޭ ދެކުނު ފަރާތުން އަލަށް ކަނޑާފައިވާ ނެރު މައްޗަށް "ހޭންޑީ ހާޑް 2" ނަމަކަށް ކިޔާ ދޯންޏެއް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ދޯންޏެއް ފަރަށް އަރައިގެން އުޅޭ މައުލޫމާތު އެ ފަރާތައް ލިބުނީ މިރޭ 7:15 އެހާކަންހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެ ދޯނު ފުންކޮށް ދިޔަވުން ހުއްޓުވުމަށް އެހީތެރި ވެދީފައިވާނެ ކަމަށް އެންއެންޑީއެފުން ބުންޏެވެ.
"މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަޙައްދަށް ގޮސްފަ. އަދި އެ ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަނުގައި ސަތަރި އަޅައިދީ، މިރޭ 20:30 ހާއިރު، ދޯންޏަށް ދިޔަވުން ވަނީ ކޮންޓްރޯލް ކޮށްދީފަ،" އެމްއެންޑީއެފުން ބުންޏެވެ.
ދޯނި ފުންކޮށް ދިޔަވުން ވެސް މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.