މަސްވެރިކަމަށް ލުއިފަސޭހަ ގޮތެއްގައި ބަނދެފައިވާ އަދި ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ މަސްދޯންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވީރު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެދޯނި އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ހަތަރު ނަމްބަރު ފާލަމުގައި އެދޯނި އޮއްވާ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އެދޯންޏަށް އަރާވަޑައިގެންނެވި ކަމަށެވެ.

ޕްރިސިޝަން މެރިން އިން ބަނދެފައިވާ އެ މަސްދޯންޏަކީ މަސްވެރިންނަށް ވަރަށް ހިތްފަސޭހަ މާހައުލެއް މަސްވެރިކަން ކުރެވޭ ގޮތަކަށް ބަނދެފައިވާ ދޯންޏެކެވެ. އަދި އެދޯނީގެ އެއްވެސް ތަނެއް، ބޭނުން ނުހިފޭ ގޮތަކަށް ދޫކޮށްލެވިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޒަމާނީ ވަސީލްތައް ޤައިމްކޮށްގެން ބަނދެފައިވާ އެދޯނީގައި އައިސް ޕްލާންޓަކާއި، ފެން ޕްލާންޓެއް ބަހައްޓާފައި ހުރެ އެވެ. އަދި މަސް ހޯދުމަށް ބޭނުންކުރާ ފިޝް ފައިންޑާ ސިސްޓަމްސް ވެސް ބަހައްޓާފައިވެ އެވެ.

ލާމަސީލު ނަމަކަށް ކިޔާ އެދޯންޏަކީ ދޯންޏަކީ ރ. ކަނދޮޅުދޫ ކަނީރުވިލާ އިބްރާހީމް އަލިކޮއިގެ ދޯންޏެކެވެ. މިއީ އޭނާގެ 14 ވަނަ މަސްދޯންޏެވެ.