24 May 2017, 23:12
ލަންކާގެ ގެއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ، ލަންކާގައި ކިޔަވަމުންދާ އިސްމާއިލް ޒުލާލް ނަމަކަށް ކިޔާ 19 އަހަރުގެ ޒުވާނެކެވެ.
ސަން އެނގިފައިވާ ގޮތުގައި ޒުލާލް މަރުވެފައި އޮއްވާ ފެނުނީ ކޮލަންބޯގެ ކަލުބޯވިލާގައި އޭނާ ދިރިއުޅެމުންދާ ގޭގެ ކޮޓަރީގެ ތެރެއިންނެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ އޮތް ކޮޓަރިން ކުނިވަސް ދުވާތީ، އެ ކޮޓަރީގެ ދޮރު ހުޅުވައިގެން ބެލި އިރު އެވެ.
ސަން އަށް މައުލޫމާތު ދިން ފަރާތުން ބުނީ، އެ ޒުވާނާ މަރުވެފައި އޮންނަތާ 48 ގަޑިއިރު ވެދާނެ ކަމަށެވެ. އަދި ފުލުހުން އެތަން ބަންދުކޮށް، އެ ސަރަހައްދަށް އެއްވެސް މީހަކު ވަނުން މަނާކޮށްފައިވާ ކަމަށެވެ.